ޚަބަރު

ތިލަފުށީގައި ލޮރީއެއްގެ ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިލަފުށި--

ކ. ތިލަފުށީގައި ލޮރީއެއްގެ ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

Ads by MPL

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަަލަ ރިޕޯޓްކުރީ މިއަދު މެންދުރު 02:15 ކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ  އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަަމަށާއި އޭނާގެގެ ގައިގައި ލޮރީއިން ޖެހި އޭނާ ދަށުވީ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް ސީރިއަށް އަނިޔާތަކެއް ލިބި މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގަ އެވެ.

ލޮރީ ދުއްވި އިން އިންޑިއާގެ އުމުރުން 28 އަހަރުގެ ވިގްނޭޝް އަނަދުރާއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދުއްވި ލޮރީވެސް މިހާރު އޮތީ ޓޯކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ،