ޚަބަރު

އަމީރުއާ ބައްދަލުކުރައްވައި ގަތަރާއެކު ރާއްޖެއިން އޮތްކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ގަތަރުގެ އަމީރުއާ ބައްދަލުކުރެއްވުން

ގަތަރުގެ އަމީރު ޝައިހު ތަމީމު ބިން ހަމަދު އަލް ތާނީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައި ގަތަރާއެކު ރާއްޖެއިން އޮތްކަމުގެ ޔަގީންކަން ރައީސް ދެއްވައިފި އެވެ.

Ads by MPL

ރައީސް މުއިއްޒު ރޭ ގަތަރަށް ވަޑައިގެންނެވީ ނިމިގެން ދިޔަ ހަފްތާގައި އިސްރާއިލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން ބާއްވާ އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައު ބައިވެރިވެވަޑައިގެންނެވުމަށެވެ.

ރައީސް މުއިއްޒު ގަތަރުގެ އަމީރުއާ ބައްދަލުކުރެއްވީ ޝެރަޓަން ދޯހަ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އަދި އިސްރާއިލުން ދިން ހަމަލާގައި ޝާހީދުވީ މީހުންގެ އާއިލާތަކަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެ ރާއްޖެއިން ގަތަރާއެކު އޮތްކަމުގެ ޔަގީންކަން ދެއްވި އެވެ.

އަދި އިސްރާއިލުން ގަތަރުގެ އިސްތިގުލާލަށް އަރައިގަނެ  ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރެއްވި އެވެ.

ހަމަ އެހެންމެ ޣައްޒާގެ ހަނގުރާމަ ހުއްޓުވަން ގަތަރުން ކުރަމުންދާ މަސައްކަތަށާއި އިސްރާއިލުން ގަތަރަށް ދިން ހަމަލާއަ ގުޅިގެން ކުއްލި ސަމިޓެއް ބައްވާން ނިންމުމާ ގުޅިގެން ގަތަރުގެ ލީޑާޝިޕްއަށް ރައީސް މުއިއްޒު ތައުރީފް ކުރެއްވި އެވެ.

އަދި ރާއްޖެއާއި ގަތަރަށް ވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަ ގުޅޭ ގޮތުން ރައީސް މުއިއްޒުއާއި އަމީރު މަޝްވަރާ ކުރެއްވި އެވެ.

Ads by Allied Insurance