ޚަބަރު

ވަކިވަކި ކައުންސިލްތައް އައްޑޫގައި އުފައްދަން ފެނޭތޯ ބަލަން ވޯޓެއް ނަގަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު--

އައްޑޫ ސިޓީގައި ހިމެނޭ ވަކިވަކި ރަށްތަކަށް ވެސް ކައުންސިލްތައް އުފައްދަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ނިންމައިފި އެވެ.

Ads by MPL

މިހާރު އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވަނީ ގުޅިފައިވާ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އަދި ވަކިން އޮންނަ ހުޅު މީދޫ ހިމެނޭހެން ހުރިހާ ރަށްތަކުން އިންތިހާބުކޮށްފައިވާ މެމްބަރުން ހިމެނޭ ގޮތަށް އެއް ބޮޑީއެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް އައްޑޫގެ ބައެއް ރަށްތަކަށް ވަކިން ކައުންސިލްތައް އުފައްދަން ބޭނުންވާކަން އެ ރަށްތަކުން ކުރިން ވަނީ ހާމަކޮށްފަ އެވެ.

މިއަދު ރައީސް އޮފީހުން ގެނެސްދިން ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުވެގެން ދެކެވުނު ވާހަކަތަކުގައި އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަ އޮތުމުގައި، ބައެއް ބަދަލުތައް ގެންނަންޖެހޭ އެކި ދިމަދިމާއިން ހިިޔާލުތައް ލިބިވަޑައިގެންނެވި ކަމަށެވެ.

އެހެންވެ އައްޑޫގެ ވަކިވަކި ރަށްތަަކަށް ކައުންސިލްތައް އުފެއްދުމަށް އެ ރަށް ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުޅުދޫ ރައްޔިތުންގެ މެދުގައި ނަގާނެ ވޯޓެއް. ހުޅުދޫ ރައްޔިތުން ބޭނުންވަނީ، އައްޑޫ ހުޅުދޫ ކައުންސިލް، އަޅުގަނޑުމެން ހުރިހާ ރަށަކަށް އައްޑޫލާފައި.

އައްޑޫ ހުޅުދޫ ކައުންސިލްގެ ގޮތުގައި ކައުންސިލެއް އުފެއްދުންތޯ ނޫނީވިއްޔާ ހަމަ މިހާރު އެ އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނަންތޯ. ހަމަ އެގޮތަށް މީދޫ. އައްޑޫ މީދޫ ކައުންސިލް އުފައްދަންތޯ ނޫނީވިއްޔާ، ހަމަ މިހާރު އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ގޮތުގައި އޮންނަންތޯ. ފޭދޫވެސް، އައްޑޫ ފޭދޫ ކައުންސިލްގޮތަށް ވާންތޯ ނޫނީވިއްޔާ މިހާރު އޮތް ގޮތަށްތޯ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ މަހު އެ ވޯޓުނަގައި، އަންނަ މަހުގެ އޭގެ ނަތީޖާ ބޭނުންވާ ކަމަށެވެ.

"އެހެންވީމާ، މިއީ ވަރަށް މުހިންމު ތާރީހީ ވޯޓެއް މި ނެގެނީ. އައްޑޫ ރައްޔިތުންގެ މެދުގައި. އެއީ، މިކަން މިގޮތަށް ކުރުމުގެ ސަބަބުން އައްޑޫގެ ކުރިއެރުމަށް ކުރަންހުރި ކަންކަމުގައި، ރައްޔިތުން އެދޭގޮތަށް، ކަންކަން ގެންދިޔުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބޭނެ." ރައީސް ވިދާޅުވި އެވެ.

Ads by Ooredoo