ޚަބަރު

9 އަހަރުގެ ކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނުވަ އަހަރުގެ އަންހެން ކުއްޖަކާ ބެހިގެން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ ބުނީ ނޯތު ސެންޓްރަލް ޕޮލިސް (އއ. އދ. ކ. ވ.) ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖީންސީ ގޯނާކޮށްފައިވާ މައްސަލަ ރިޕޯޓްކުރީ މި މަހުގެ 14 ގައި ކަމަށެވެ.

އަދި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށާއި އެ މީހާއާ ގުޅުން ހުރި އިތުރު އެފަދަ އެހެން މައްސަލައެއްގެ ތަހުގީގު ވެސް ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި މީހާ އަކީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ads by HDC