ވިޔަފާރި

އުރީދޫ ފަން ރަންގެ އިޝްތިހާރު ހެދުމުގެ ފުރުސަތު ހަތް އަހަރުން ދަށުގެ ކުދިންނަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އުރީދޫ ފަން ރަންގެ އިޝްތިހާރު ހެދުމުގެ ފުރުސަތު އެ ކުންފުނީގެ ޑިޒައިނަރުގެ ބަދަލުގައި ހަތް އަހަރުން ދަށުގެ ކުދިންނަށް މި ފަހަރު ހުޅުވާލައިފި އެވެ.

Ads by MPL

އުރީދޫއިން ބުނީ އެ ފުރުސަތުގެ ދަށުން ފަން ރަން އާޓް ކޮންޓެސްޓެއް އިއްޔެ ހުޅުވާލައިފައިވާ ކަމަށާއި އެ ކޮންޓެސްޓުގައި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން ތީމް ރަންއަ ގުޅޭ އާޓްވޯކް ހެދުމަށް ފަހު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އާޓްވޯކް ފޮނުވާއިރު ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި

  • ކުއްޖާގެ ފުރަތަމަ ނަމާއި އުމުރު
  • ބެލެނިވެރިޔާގެ ނަން އަދި ގުޅޭނެ ނަންބަރު
  • (އޮޕްޝަނަލް) ޕޯސްޓަށް ކުރު ކެޕްޝަނެއް (ގިނަވެގެން 20 ބަސް)

އުރީދޫއިން ބުނީ ހުށަހަޅާ ކުރެހުންތައް އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ހިއްސާ ކުރާނެ ކަމަށެވެ.

އަދި އެ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް ފަސް ފަން ކިޓް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.