މާވަށުގައި މީހަކު މަރާލި މީހާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ ޖުލައި މަހު ލ. މާވަށުގައި މީހަކު މަރާލި މީހާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ވަނީ ލ. މާވަށު، މޫސާ އިބްރާހިމްގެ ކަރަށް ވަޅި ޖަހާ، މަރާލައިފަ އެވެ.
އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އިބްރާހިމް ބަންދުކޮށްފައި ހުންނަތާ ދެ މަސް ވާން ކައިރިވެފައިވާ އިރު ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގުކޮށް މިދިޔަ އަންގާރަ ދުވަހު އޭނާގެ މައްޗަށް ދައުވާކުރަން ޕްރިސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އިބްރާހިމް މަރާލި މޫސަގެ އޮޓޮޕްސީ ހަދަން މިދިޔަ މަހު ފުލުހުން މޫސާގެ ހަށިގަނޑު އިންޑިއާއަށް ވެސް ފޮނުވި އެވެ.

Ads by Ooredoo