Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިޔަމިގިލި އާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލަން އެމްޓީސީއާ ހަވާލުކޮށްފި

ދިޔަމިގިލި އާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލަން އެމްޓީސީއާ ހަވާލުކޮށްފި
ތ. ދިޔަމިގިލި އާއި ތ. މަޑިފުށި ކޯޒްވޭއަކުން ގުޅާލަން އެމްޓީސީއާ މިއަދު ހަވާލުކޮށްފި އެވެ. އެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެވެ. އެ މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން އަހުމަދު ސައުދީ އެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 263 މިލިއަން ރުފިޔާއަށް 1151 ދުވަހުން ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން
  • 1.30 ކިލޯ މީޓާރުގެ ކޯޒްވޭއެއް ހަދާނެ
  • 218،788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 589 މީޓަރުގެ ސަރަަހައްދެއްގައި ރިވެޓްމެންޓްވެސް ޖަހާނެ
އެމްޓީސީސީން ބުނީ އެ ކޯޒްވޭ ހެދުމުން ދިޔަމިނގިލި އަދި މަޑިފުށީގެ ރައްޔިތުންނަށް އުމްރާނީ އަދި އިގުތިސާދީ ގޮތުން ފައިދާވެ ކިޔަވާ ކުދިންނަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް