ރާއްޖޭގެ ހާފިޒުންގެ އަދަދު 284އަށް އަރައިފި

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ރާއްޖޭގެ ހާފިޒުންގެ އަދަދު 284އަށް އަރައިފި އެވެ.
ހާފިޒުންގެ އަދަދު 284އަށް އަރާފައިވާކަން ހާމަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ މީީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ހާފިޒުންގެ އަދަދު މި ވެރިކަމުގެ ފަސް އަހަރު ތެރޭ 500 އަށް އަރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް 1500 ފަރާތަކުން ޤުރުއާން ހިތުދަސްކުރާ ކްލާސްތަކުގައި ދަސްކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ގިނަ ފަރާތްތަކުން ޤުރުއާން ހިތުދަސްކުރަމުންދަނީ ޤުރުއާން މަރުކަޒުގައި ކަމަށެވެ. އަދި އެއަށް ފަހު އެންމެ ގިނައިން ދަސްކުރަމުންދަނީ އިލްމު އިންސްޓްޓިއުޓްގަ އެވެ.
"އަންނަ ރޯދަ މަހު 27 ވިލޭރޭ 50 ހާފިޒުން ވަރު ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ. މިދިޔަ ރޯދަމަހު 24 ހާފިޒުން ދަސްވެނިވި" މިނިސްޓަރު ވިދާޅުވި އެވެ.
ހާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖުލައި މަހު އިތުރު ކޮށްދެއްވާފަ އެވެ.
އެގޮތުން ކުރިން ހާފިޒުންގެ އެލަވަންސްގެ ގޮތުގައި ދެމުން އައި 2000 ރުފިޔާގެ ބަދަލުގައި 4000އަށް ވަނީ ބޮޑުކޮށްދީފަ އެވެ.
