Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީގެ ވެރިކަމުގައި 200އެއްހާ މިލިއަނުގެ ހިޔާނާތް ވެފައިވޭ: އެޗްޑީސީ

އެމްޑީޕީގެ ވެރިކަމުގައި 200އެއްހާ މިލިއަނުގެ ހިޔާނާތް ވެފައިވޭ: އެޗްޑީސީ

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު 200އެއްހާ މިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާކަމަށް އެޗްޑީސީން މިރޭ ބުނެފި އެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނުގައި ބުނީ 2019އާއި 2023 ވަނަ އަހަރާ ދެމެދު އެ ކުންފުނީގެ މިލްކިއްޔާތުގެ ބިމާއި މުދަލާއި ހިދުމަތަށް 200 ވަރަކަށް މިލިއަން ރުފިޔާގެ ހިޔާނާތް އެކި ފަރާތްތަކުން ވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެ ހިޔާނާތުގެ ތެރޭގައި އެ ކުންފުނީގެ މުދަލުން ވައްކަން ކުުރުމާއި ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަންއަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަންގެ ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނެ އެވެ.

އޭގެ އިތުރުން ކޯޕަރޭޝަންއިން ކަނޑައަޅާފައިވާ އިޖުރާތްތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކައިފައިހުރިކަން ވެސް މި ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީގެ ހިޔާާނާތުގެ މައްސަލަތައް ބަލ؛ަން ނިންމިއިރު ނިމިގެން ދިޔަ ހަފްތާގައި ވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ ހިންގިގޮތުގެ އޮޑިޓް ރިޕޯޓެއް ވެސް ނެރެފަ އެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން 2021 އާއި 2023އާ ދެމެދު  1.3 ބިލިއަން ރުފިޔާގެ މަސައްކަތް ފެނަކައިން ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ނުލަ އެވެ. އަދި އެ ރިޕޯޓްގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް