Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުޒާހަރާއާ ގުޅިގެން  އައްބާސް ސުވާލެއް: އެހާބޮޑަށް ޑިފެންސަށް ކުޅެން އުޅެނީ ސަރުކާރު ބަލިކަށިކަމުންތޯ؟

މުޒާހަރާއާ ގުޅިގެން  އައްބާސް ސުވާލެއް:  އެހާބޮޑަށް ޑިފެންސަށް ކުޅެން އުޅެނީ ސަރުކާރު ބަލިކަށިކަމުންތޯ؟

މިރޭ އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ބާއްވަން އުޅޭ ބޮޑު އެއްވުމާ ގުޅިގެން ސަރުކާރަށް އެހާބޮޑަށް ޑިފެންސަށް ކުޅެން އުޅެނީ ސަރުކާރު ބަލިކަށިކަމުންތޯ  ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސުވާލުކުރައްވައިފި އެވެ.

އިދިކޮޅުން މިރޭ ބާއްވާ ބޮޑު އެއްވުމާ ގުޅިގެން އެ އެއްވުން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެކަމަށް އިޝާރާތްކުރައްވައި އައްބާސް މިއަދު އެކްސްގައި ވިދާޅުވީ މީހަކު ބުނާ ބަހަކުން ނުވަތަ ބަޔަކު އެއްވުމެއް އެއްވަން އުޅޭ ކޮންމެ ފަހަރަކު ސަރުކާރު ގެ ވެރިންގެ ފަޔައް ހިނިއަރައިގެން ނުވަތަ ކޮށިއަރައިގެން މުޅިދައުލަތް ޑިފެންސަށް ކުޅެންއުޅެން ޖެހޭ ސަބަބެއް އޭނާއަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އަަދި ސަރުކާރުން އެހާ ބޮޑަށް ޑިފެންސްއަށް ކުޅެނީ ސަރުކާރު އެހާވެސް ބަލިކަށިކަމުންތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

https://twitter.com/Abbasvelidhoo/status/1973996257916960938

"ގުނަވަންތަކުގެ ވެރިންނަށް އިތުބާރު ނުކުރައްވަނީތޯ؟ނުވަތަ ގުނަވަންތަކުގެ ސިޔާސީ ވަޒީފާގައި ތިއްބެވި ބޭފުޅުންނަށް ޝައްކު ކުރައްވަނީތޯ؟ޝައްކު ބައްޔަކީ ވަރަށް ގޯސް ބައްޔެއް..ޝައްކު ބަލި ޖެހޭނީ ހިސާބައްވުރެ ގިނައިން ދޮގު ބުނެވެން ފެށީމައި."އޭނާ އިތުރަށް އެކްސްގައި ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން ކޯލިޝަން ހެދި އެމްޑީއޭއަށް ނިސްބަތްވާ އައްބާސް ފަހުން ފަހުން އައިސް ސަރުކާރުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެ ޕާޓީ ވަނީ ކޯލިޝަނުން ވެސް ވަކިވެފަ އެވެ.

ނަމަވެސް މިރޭގެ އެއްވުމުގައި އެ ޕާޓީ ބައިވެރިވާނެކަމެއް އަދި ސާފެއް ނުވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ މިރޭ ބާއްވާ އެއްވުމަކީ އިދިކޮޅުން ބޮޑު މުޒާހަރާއެއް ނުބާއްވާ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ބާއްވާ އެއްވުމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް