Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮރަޕްޝަން ނައްތާލަން ހަ ބިލުގެ ޕެކޭޖެއް އެބަ އޮތް: ރައީސް

ކޮރަޕްޝަން ނައްތާލަން ހަ ބިލުގެ ޕެކޭޖެއް އެބަ އޮތް: ރައީސް
ރާއްޖޭގައި ކޮރަޕްޝަން ނައްތާލަން ހަ ބިލެއް މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިރަށް މަހިބަދޫގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ގޮތަށް ހުރިހާ ކަމެއް ހައްލުކުރުން ކަމަށެވެ. އޭގެ ތެރޭގައި ނިޒާމް ހަރުދަނާކުރަން ރިފޯމްގެ މަސައްކަތްތައް ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ. އެ ގޮތުން ނިމިގެން ދިޔަ ހަފްތާގައި ފެށި މަޖިލީހުގެ މި ދައުރުގައި ވެސް ޖުމްލަ 27 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އަލަށް އަންނަ 12 ގާނޫނު ވެސް ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއަށް ވެސް އިސްލާހު ގެންނަވާނެ ކަމަށެވެ. "ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ވެސް އެތައް ކަމެއް އަޅުގަނޑުމެން ކޮށްފިން. މިހާރު މި ހުށަހަޅާ 27 ބިލުގެ ތެރޭގައި މިކަމަށް އެޑްރެސްކުރަން އަޅުގަނޑުމެން އެބަ ހުށަހަޅަން ހަ ބިލެއް،" ރައީސް ވިދާޅުވި އެވެ. އެ ބިލުތަކުގެ ތެރޭގައި:
  • މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަ ބިލެއް
  • އެސެޓް ރިކަވަރީގެ ބިލެއް
  • ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެންނަ ބިލެއް
  • ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލެެއް
  •  އޭސީސީގެ ގާނޫނަށް އިސްލާހު ގެންނަ ބިލު
  • ގާނޫނުއްއުގޫބާތަށް އިސްލާހު ގެންނަން ބިލެއް
"މިއީ ޕެކޭޖެއް. މި ހަ ބިލު އިސްލާހު ކުރެވުނީމަ ޖުޑިޝަރީއަށް, އޭސީސީއަށް, ފުލުހުންނަށް, ޕީޖީއަށް ވެސް, މި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ," ރައީސް ވިދާޅުވި އެވެ. "ގާނޫނީ ނިޒާމުގެ ތެރެއިން އެ މައްސަލަތަކުގައި ފިޔަވަޅު އަޅާ މި ރާއްޖޭގައި ކޮރަޕްޝަންގެ މި އަމަލަށް ރަނގަޅު ހައްލެއް ގެނައުމަށްޓަކައި" ރައީސް އިތުރަށް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް