ޚަބަރު

ޕިކަޕެއްގެ ގިޔަރު ވަގަށް ނަގައިގެން ދެބެން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ތަކެތި ނެރެ ޕިކަޕަކަށް އަރުވަނީ / ފޮޓޯ:އެސްޓީއޯ

ޕިކަޕެއްގެ ގިޔަރު ވަގަށް ނަގައިގެން ދެބެންނާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ށ. ފޯކައިދޫއަށް ނިސްބަތްވާ ދެބެންނާއި މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

ދެބެންނަކީ ށ.ފޯކައިދޫ/ކޮމަންޑޫގެ. އަހުމަދު ފަތީން(43އ.) އާއި ފޯކައިދޫ/ރޯޒްމެރީ، މުހައްމަދު ފަތީން(50އ.) އެވެ. ދެން ހައްޔަރުކުރީ ހުދުރިޔާ/މާލެ، އަހުމަދު ރިޝްވާން(41އ.) އެވެ.

ފުލުހުން ބުނީ ވަގަށް ނެގި ގިޔަރު ފެނުނީ އެ ތިން މީހުންނާވެސް ގުޅުންހުރި ތަނަކުން ކަމަށާއި ނަމަވެސް އެ އެ އެތި އެތަނުގައި އޮންނަން ޖެހޭ ސަބަބެއް އެ މީހުންނަށް ބުނެދެވިފައިވާ ނުވާ ކަމަށެވެ. އަދި ތިން މީހުންގެ ވާހަކަތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

"ގިޔަރު ގެންދިޔަ ޕިކަޕަށް ފައިސާ ދައްކާފައިވަނީ އަހުމަދު ފަތީންކަމަށް އައިއޯ ފާހަގަކުރައްވާފައިވޭ" ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ހަޔްޔަރާއި ބަންދުގެ ރެކޯޑް އެ ތިން މީހުންގެވެސް އޮންނައިރު އެ ތިން މީހުން 15 ދުވަހަަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Ads by HDC