ޚަބަރު

މައިންގެ ފަރާތުން ދަރިންނަށް ޖެހޭ ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

މައިމީހާގެ ފަރާތުން ދަރިފުޅަށް ޖެހޭ ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

Ads by STELCO

ރާއްޖެއިން ފެތުރުން ހުއްޓުވީ މައިމީހުންގެ ފަރާތުން ދަރިފުޅަށް ޖެހޭ އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ އެވެ.

އެކަން ހާސިލުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ތާރީހީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ސިއްހީ ހިދުމަތްތެރިންނާއި ބައިވެރިންނަށް ޝުކުރުވެސް އަދާކުރައްވައިފަ އެވެ.

އަދި އެ ތާރީހީ ކާމިޔާބު ހޯދި ފުރަތަމަ ގައުމުކަން ބަޔާންކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓް ރައީސް މުއިއްޒު ވަނީ ރީޕޯސްޓްވެސްކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ އެ ކާމިޔާބީއަކީ ރާއްޖޭގެ އާންމު ސިއްހަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއާއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަން ފާހަގަވެސްކުރައްވައިފަ އެވެ.

ހަމަ އެއާއެކު މިއީ ސަރުކާރާއި، ސިއްހީ ދާއިރާގެ ޕްރައިވެޓް ހިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއުއެޗްއޯއިން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

Ads by Allied Insurance