Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަތީޖާ ނެރެދިނުން ފިޔަވައި އެއްވެސް ޝައުގެއް ސަރުކާރުގެ ނެތް: ރައީސް

ނަތީޖާ ނެރެދިނުން ފިޔަވައި އެއްވެސް ޝައުގެއް ސަރުކާރުގެ ނެތް: ރައީސް

ނަތީޖާ ނެރެދިނުން ފިޔަވައި އެއްވެސް ޝައުގެއް ސަރުކާރުގެ ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ގޮއިދޫއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ގާތަށް އަންނަނީ، ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައި އިތުރަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުން ގާތުން އޮޅުންފިލުވަން ކަމަށެވެ.

އަދި ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާ ނެރެދޭން ކަމަށާއި ރައްޔިތުންނަށް މި ހުރިހާ ދުވަހު ނުވެފައި ހުރި ކަންކަމާއި، ރަނގަޅަށް ނުގޮސްހުރި ކަންކަމާއި، އެ ހުރިހާ ކަމަކަށް އެޑްރެސްކޮށް، ކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

"މި ސަރުކާރުގައި ނެތް ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް. އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާ ނެރެދޭން." ރައީސް ވިދާޅުވި އެވެ.

އަދި މި އަހަރާއި އަންނަ އަހަރު ތެރޭގައި ގޮއިދޫގައި ވެސް ކަންކަން ވަމުންދާ ތަން، ނިމެމުންދާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ގޮއިދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެކަމުގެ ޔަގީންކަން ވެސް މިއަދު ދެއްވައިފަ އެވެ.

އޭގެ އިތުރުން އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް