Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖޭގައި ފުރަތަމަ އެމްބީބީއެސް ފުރިހަމަކުރި 20 ޑޮކްޓަރުން ހިދުމަތަށް

ރާއްޖޭގައި ފުރަތަމަ އެމްބީބީއެސް ފުރިހަމަކުރި 20 ޑޮކްޓަރުން ހިދުމަތަށް

ރާއްޖޭގައި ފުރަތަމަ (މެޑިސިން ބަޗެލާ އެންޑް ބަޗެލާސް އިން ސާޖަރީ) އެމްބީބީއެސް ފުރިހަމަކުރި 20 ދަރިވަރުން ހިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ފެށީ މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)ގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު އެވެ.

ބާވީސް ދަރިވަރުންނާއެކު ފެށި ފުރަތަމަ ބެޗުން 21 ދަރިވަރަކު ކޯސް ފުުރިހަމަކުރީ މިދިޔަ އަހަރު ޖުލައިމަހު އެވެ.

Advertisement
Ooredoo — Square (box)

އައިޖީއެމްއެޗުން ބުނީ އޭގެ ތެރޭގައި ހިމެނޭ 20 ދަރިވަރަކު އެ ހޮސްޕިޓަލުން އިންޓާންޝިޕް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ ދަރިވަރުންނަށް މަރުހަބާ ކިޔައި އައިޖީއެމްއެޗުން މިއަދު އެކްސްގައި ބުނީ މިއީ ތާރީހީގޮތުން ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ. އަދި އެ ދަރިވަރުންނަށް ވަނީ މަރުހަބާވެސް ކިޔަައިފަ އެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި އެމްބީބީއެސް ކިޔަވައިދެމުން ދިޔައީ މަހަކު 1000 ޑޮލަރަށްވާ އަދަދެއްގެ ފީއަކާ އެވެ.

ނަމަވެސް ފަހުން އެ އަދަދު 800 ޑޮލަރަށް ކުޑަކުރި އިރު ނިމިގެން ދިޔަ ސަރުކާރުގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ޑޮކްޓަރުކަން ވެސް ކިޔަވައިދެމުން ދިޔައީ ހިލެ އެވެ.

ގައުމީ ޔުނިވާސިޓީގައި މިހާރުވެސް 150 އަށްވުރެ ގިނަ ދަރިވަރުން ދަނީ ޑޮކްޓަރުކަން ކިޔަވަމުން ނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް