ޚަބަރު

މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުއާޒް އަލީ--

އެމްޕީއެލްގެ ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއް، އޭގައި ހުރި 13.6 މިލިއަން ސިނގިރޭޓާއެކު ވަގަށް ގެންދިޔަ މައްސަލާގައި ހައްޔަރުކުރި މިފްކޯގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ މުއާޒު އަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެެވެ.

Ads by STELCO

ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި މުއާޒް ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ.

ފުލުހުން މިއަދު ބުނީ މުއާޒްގެ ބަންދުގެ މުއްދަތު ހަމަވުމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ އިތުރު 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

މުއާޒު ހައްޔަރުކުރި އިރު ވެސް ހުންނެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރަކަށެވެ. އެ މައްސަލައިގައި އޭނާ ވަނީ 30 ދުވަހަށް މިފްކޯއިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ސިނގިރޭޓު ކާޓޫނުތައް ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކާއި ކަސްޓަަމްސްގެ އިސް މުވައްޒަފަކު ވެސް ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ:

  •  މއ. އެވާ ގްލޯރީ، އަހުމަދު އާރިފް - ލޮޓަސް ކުންފުނީގެ ވެރިޔާ (61އ) - ބަންދަށް 15 ދުވަސް
  • ދިގަލި، ބ، އޭދަފުށި، މުހައްމަދު ވަހީދު- އެޕޯލޯގެ ވެރިޔާ (65އ) ބަންދަށް 10 ދުވަސް
  • މެދުރީގެ، ހދ. ވައިކަރަދޫ، ޒިވާރު އިސްމާއިލް (40އ) - ބަންދަށް 15 ދުވަސް

Ads by HDC