ޚަބަރު

ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖިންސީ ގޯނާ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން / ސަން ފޮޓޯ:ފަޔާޒު މޫސާ

ީދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި ދިވެހި ފިރިހެނަކު 13 އަހަރުގެ އަންހެން ކުއްޖަކަށް  ހުޅުމާލޭގައި ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޓީޗަރެކެވެ. އަދި ޖިންސީ ގޯނާ ކުރީ ޓީޗަރު ކުއްޖާގެ ގެއަށް ޓިއުޝަންދޭން ގޮސް އުޅެމުން ނެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ.

Ads by Allied Insurance