ޚަބަރު

މަސްފެކްޓްރީ އަޅަން ހުޅުމާލެއިން ބިން ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކަންނެލި މަސްފެކްޓްރީ އަޅަން ހުޅުމާލެއިން ބިން ދީފި އެވެ.

Ads by STELCO

ކަންނެލި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އަދި އެ އެ ވައުދު ފުއްދުމުގެ ގޮތުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ފެކްޓްރީ އަޅަން ކަނޑައަޅާފައިވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އިން ފިނޭންސް މިނިސްޓްރީއާ މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. އަދި ފިނޭންސް މިނިސްޓްރީެގ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ފެކްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން  ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކަންނެލި މަސް ޕްރޮސެސްކޮށް ބަންދުކުރުމުގެ މަސައްކަތް އެ ފެކްޓްރީގައި ކުރެވޭނެގޮތް ހަދާނެ އެވެ.

ފަސްދޮޅަސް ފަސް މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން 35 ޓަނުގެ ކަންނެލި މަސް ޕްރޮސެސްކުރެވޭ ގޮތަށް މަސް ފެކްޓްރީ އެންމެ ފުރަތަަމަ ހަދަން އުޅުނީ ކަނޑު އޮއްގިރީގަ އެވެ. ނަމަވެސް ފަހުން އެ މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރީ އެވެ.