ޚަބަރު

އައްޑޫ ރިފަރަންޑަމް: ހުޅުދޫއާއި މީދޫއިން ނިންމީ ވަކިވާން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ރިފަރެންޑަމްގެ ވޯޓުލުން ކުރިއަށް ދަނީ--

ގުޅިފައިވާ އައްޑޫ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މިއަދު ނެގި ވޯޓުގައި އައްޑޫގެ ހުޅުދޫއާއި މީދޫއިން ވަކި ކައުންސިލްތަކެއް އުފައްދަން އެ ދެ ރަށުން ވޯޓު ދީފި އެވެ.

މިއަދު ނެގި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުން ހުޅުދޫއާއި މީދޫގައި ވަކި ކައުންސިލްތަކެއް އުފައްދަން އެ ދެ ރަށުގެ މީހުންވެސް ބޮޑު އަގުލަިއްޔަތަކުން ވަނީ ތާއިދުކޮށްފަ އެވެ.

  • ހުޅުދޫ: ވަކި ކައުންސިލްއެއް އުފައްދަން 720 މީހުން ވޯޓުދިން، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުން
  • މީދޫ: ވަކި ކައުންސިލެއް އުފައްދަން 841 މީހުން ވޯޓު ދިން، ނުފެންނަކަމަށް ދިނީ އެންމެ 144 ވޯޓު

ހުޅުދޫ އާއީ މީދޫއިން ވަކި ކައުންސިލްއެއް އުފައްދަން ވޯޓު ދިން ނަމަވެސް ފޭދޫއިންއިން ވަނީ ވަކި ކައުންސިލްއެއް އުފައްދަން ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ. އެގޮތުން ވަކި ކައުންސިލްއެއް ހަދަން ފެންނަ ކަމަށް 615 މީހުން ވޯޓުލިއިރު ނުފެންނަ ކަމަށް  1،782 ވޯޓު ދިނެވެ.

ހުޅުދޫ އާއި މީދޫއިން ވަކި ކައުންސިލްއެއް އުފައްދާނަމަ އެ ދެރަށަށްވެސް ބްލޮކް ގްރާންޓުގެ ގޮތުގައި އެތަކެއް މިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިގެން ދިޔަ ހަފްތާގައި އޮތީ ވިދާޅުވެފަ އެވެ.

"ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި. މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި، މިއީ އާބާދީގެ ނިސްބަތުންނާއި އެ ކަހަލަ ބައެއް އިންޑިކޭޓާސް އަށް ބިނާކޮށް ހަދާ އެއްޗެއް ވީމާ،" ތަފުސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.

Ads by Allied Insurance