ވަގަށް ނެގި 20،000 ޑޮލަރު ގަސްތަކެއްގެ ތެރޭ ފޮރުވާފައި ހުއްޓާ ހޯދައިފި
ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ވަގަށް ނެގި 20،000 ޑޮލަރު ގަސްތަކެއްގެ ތެރޭ ފޮރުވާފައި ހުއްޓާ ފުލުހުން އެ ފައިސާތައް ހޯދައިފި އެވެ.
ދަބަހެއްގައި ހުރި ޑޮލަރުތަކާއި އެހެނިހެން ތަކެތި ވަގަށް ނަގައިގެން ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު އެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދު ބަލައިފާސްކުރަމުން ދަނިކޮށް ދަބަހާއި އޭގައި ހުރި 20000 ޑޮލަރާއެކު އެހެނިހެން ތަކެތި ވެސް ފެނުނު ކަމަށެވެ.
އެ ތަކެތި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށާއި އަދި އެ ތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
