ޚަބަރު

އައްޑޫ ބުރިޖުގެ ކޮންސަލްޓެންސީގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ބްރިޖުގެ ކޮންސަލްޓެންސީގެ މަސައްކަތް ޗައިނާ ކުްންފުންޏަކާ ހަވާލުކުރުން--

އައްޑޫ ބުރިޖުގެ ކޮންސަލްޓެންސީގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

Ads by STELCO

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުނި ޓީ.ވައި. ލިން އިންޓަނޭޝަނަލް ކުންފުންޏާ އެވެ.

އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީފެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވި އިރު ޓީ.ވައި. ލިން އިންޓަނޭޝަނަލް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޗިއާހޫ އެވެ.

މިއަދު އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ ދަށުން ބުރިޖު އަޅަން ސާވޭތައް ކުރުމާއި ޑިޒައިންގެ މަސައްކަތާއި އެހެނިގެން ޓެކްނިކަލް މުހިންމު ކަންކަމުގެ މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭނެ އެވެ.

އައްޑޫ ބްރިޖު މަޝްރޫއު ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތް ކުރިއަށްގެންދިއުމަށް މިސްރުގެ "ދި އަރަބް ކޮންޓްރެކްޓާސް" ކުންފުންޏާއެކު މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިވެސް ކުރި އެވެ. އޭރު ސަރުކާރުން ބުނި ގޮތުގައި ސާވޭގެ މަސައްކަތް ކުރަނީ ހިލޭ އެހީގަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބު ވިދާޅުވީ ބުރިޖުގެ މަސައްކަތް ފަށަން ފައިސާ ހަމަނުޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވީ މި ދައުރުގެ ތެރޭގައި އެ ބުރިޖުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

Ads by Ooredoo