ޚަބަރު

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހެދިކާތަކެއް--

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިއަދު ދީފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރިސޯޓު ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

އެހެން ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް އެފަދަ ތެލުގައި ފުރިހަމަ ނުވާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންކަމުން އުކާލާ ކައްކާތެޔޮ ކާބޯތަކެތި ތައްޔާރުކުރަން ބޭނުން ނުކުރުމަށާއި އަދި އެފަދަ ތަކެތި ވިއްކާ އަދި ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

ރިސޯޓުތަކުން އުކާލާ ތެޔޮ މާލެ ގެނެސް ކާބޯތަކެތި ހަދަން ބޭނުންކުރާކަމަށް ދެކެވޭތާ 10 ވަރަކަށް އަހަރު ވަނީ ވެފައެވެ. އެކަމުގައި ބޮޑަށް ބިދޭސީން އުޅޭއިރު މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.

Ads by Ooredoo