ޚަބަރު

މީޑިއާތަކަށް ފައިސާ ދޭން ނިންމި ގޮތް ބާތިލުކޮށް އެކަން އާ މީޑިއާ ކޮމިޝަންއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންތަކެއް / ފޮޓޯ:ރައީސް އޮފީސް

މީޑިއާތަކަށް ފައިސާ ދޭން ނިންމި ގޮތް ބާތިލުކޮށް އެކަން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކަސްޓިން ކޮމިޝަންއާ ހަވާލުކޮށްފި އެވެ.

Ads by STELCO

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދާ އެއްގޮތަށް މީޑިއަތަކަށް ފައިސާ ދޭން ނިންމައި އެ ފައިސާތައް ދޫކުރާ މީޑިއާތަކާއި އަދި އަދި ދޫކުރަ އަދަދު އިއްޔެ ޔޫތު މިނިސްޓްރީން އޮތީ އާންމުކޮށްފަ އެވެ.

އެގޮތުން 18 މީޑިއާއަކަށް 28 މިލިއަން ދޫކުރަން ނިންމިއިރު އެކަމުގައި ހަމަހަަމަ އިންސާފުވެރި އުސޫލެއް ނެތްކަމަށް ބުނެ ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ  މީޑިއާތަަކށް ފައިސާ ދޫކުރުމުގެ އުސޫލު އެކުލަވާލީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކު ކަމަށެވެ.

ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ކަމަށް އެ މިނިސްޓްރީން ދެކޭތީ، ކުރީގެ އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance