ދިވެހި ބަހުން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކަށް އައިމިނަތު ޒާހިރު
ދިވެހި ބަހުން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެެއްވި ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.
ޑރ. އައިމިނަތު ޕީއެޗްޑީ ހާސިލުކުރެއްވީ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އިން އެވެ. އަދި ރޭ އެމްއެންޔޫއިން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނާއަށް ވަނީ ޕީއެޗްޑީ އަރުވައިފަ އެވެ.
އައިމިނަތުއަށް ޕީއެޗްޑީ އެރުވީ ސަގާފީ ތަރިކައާ ބެހެ މިނިސްޓަރު އާދަމް ނަސީރު އެވެ.
ގައުމީ ޔުނިވާސިޓީން އެކްސްގައި ބުނީ މިއީ ތާރީހީ މުނާސަބަތެއްް ކަމަށެވެ. އަދި އައިމިނަތުއަށް ވަނީ ތަހުނިޔާވެސް ކިަޔައިފަ އެވެ.
ޑރ. އައިމިނަތުއަކީ މިހާރުވެސް އެމްއެންޔޫގެ ސީނިއާ ލެކްޗަރާއެކެވެ. އޭނާ ކިޔަވައިދެއްވަނީ ބޮޑަށް ދިވެހި ތާރިހާ ގުޅޭ މާއްދާތަކެވެ.
އިތުރު ބޭފުޅުންތަކެއްވެސް ދިވެހި ބަހުން ޕީއެޗްޑީއަށް މިހާރު ދަނީ ކިޔަވާ ވިދާޅުވަމުން ނެވެ.
