ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.
މިއަދު ހެނދުނު 8:32 އެހާއިރު ހުޅުމާލެ ހިޔާ ސަރަޙައްދުގައި ހުންނަ 8 ނަންބަރު ޓަވަރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަކަމަށް ފުލުހުން ބެނެފައިވެއެވެ.
މި ޙާދިސާ ފުލުހުން އިތުރަށް ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
