ޚަބަރު

ކުދިންތަކަކަށް ބަރަހަނާ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފިއެވެ.

Ads by MPL

ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ޓީޗަރަކު، އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންކަމަށެވެ.

އެ މައްސަލައާ އުމުރުން 40 އަހަރުގެ އެ ޓީޗަރު ހައްޔަރު ކޮށްފައިވަނީ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.