ފޭރުނު ޑޮލަރުތައް އަދިވެސް ނުފެނޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ފޭރުނު ޑޮލަރުތައް އަދިވެސް ނުފެންނަކަން އެނގިއްޖެއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދައްކައި މިދިޔަ މަހުގެ 27ވަނަ ދުވަހު ފޭރިގެން ގެންދިޔައީ އެއާޕޯޓުން ބޭރަށް ފުރާ ދަތުރުވެރިން ނަގަން ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރުތަކެކެވެ.
އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދު ވެސް ކޮށްފައެވެ.
ނަމަވެސް "ދެން"އަށް އެނގިފައިވާގޮތުން ގެއްލުނު ޑޮލަރުތައް އަދިވެސް ނުފެނެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ:
- މާޒިން މޫސާ، 25 އަހަރު، ރޭޝަން/ލ. މާވަށް
- އަހުމަދު ރައިހާން ނައީމް، 20 އަހަރު، މ. ކޯރަސް
- އިބްރާހިމް އަނޫފް، 24 އަހަރު، އަޅިވިލާގެ/ކ. ގުރައިދޫ
- ހުސެއިން ޝަހުދު، 30 އަހަރު، އަޅިވިލާގެ/ކ. ގުރައިދޫ
އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް އެއްލައްކައަށް ވުރެ ގިނަ ޑޮލަރު ހުރި ބްރިފްކޭހެއް މި ހާދިސާގައި ފޭރިގަތެވެ.
Ads by Allied Insurance
