ޝަހީދު ހުސެއިން އާދަމް ބިނާ ހުޅުވައިފި
ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށި ސިޓީގައި ހެދި ބިނާ މިއަދު ހުޅުވައިފިއެވެ.
"ޝަހީދު ކޯޕަރަލް ހުސެއިން އާދަމް"ގެ ނަމުގައި ހެދި އެ ބިނާ މިއަދު ހުޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއާއި ޝަހީދު ހުސެއިން އާދަމްގެ އާއިލާގެ ބޭފުޅުންނެވެ.
ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ހެދި އެ ބިނާގައި ޝަހީދު ހުސެއިން އާދަމް ގެންގުޅުއްވި ބަޑިއާއި އޭނާ ޝަހީދުވެވަޑައިގެންނެވި އިރު ފާރަށް އެރި ވަޒަންތައް ދައްކުވައިދެއެވެ.
ޝަހީދު ހުސެއިން އާދަމް ނިސްބަތްވަނީ ކުޅުދުއްފުށި ސިޓީއަށެވެ.
މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ހުންނަ ފުލުހުންގެ އިމާރާތަަށް ވެސް ނަންދީފައި ވަނީ ޝަހީދު ހުސެއިންގެ އާދަމްގެ ނަމުންނެވެ.
