ޚަބަރު

ފުވައްމުލައް ސިޓީގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ފުވައްމުލައް ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުވައްމުލަކަށް ވަޑައިގެން އެ ރަށުގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތާއި ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާދެއްވައިފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގައި ޤާއިމްކުރެވޭ 400 ހައުސިންގ ޔުނިޓުތަކުގެ ޢަމަލީ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު ހޮސްޕިޓަލްގެ ސީޓީ ސްކޭން ޚިދުމަތް ފައްޓަވައިދެއްވައި، އެ ތަން ބައްލަވައިލައްވައިފައެވެ.

ވެރިކަމަށް ދެއަހަރު ފުރިހަމަވީ އިރު، ރައީސް ވަނީ ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތް ކުރައްވައި އެ ހުރިހައި ރަށެއްގެ ކައުންސިލަރުންނާއި ރަށުގެ މުވައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!