ސިނގިރޭޓު ވައްކަން: 19 މީހަކު ފުރުން މަނާކޮށްފި
އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއް، އޭގައި ހުރި 13 މިލިއަން ސިނގިރޭޓާ އެކު ވަގަށް ނެގި މައްސަލާގައި 19 މީހަކު ފުރުން މަނާކޮށްފިއެވެ.
އެ މައްސަލައިގައި މިހާތަނަށް 9 މީހަކު ހައްޔަރުކުރި އިރު އެއިން 7 މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަނެެއް ދެ މީހުން ތިބީ އިއްޔެއިން ފެށިގެން 16 ދުވަހަށް ބަންދުކޮށްފައެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި މީހުންގެ ތެރޭގައި އެޕޯލޯ ވިޔަފާރީގެ ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި)އާއި ލޮޓަސް ވިޔަފާރީގެ ވެރިޔާ އަހުމަދު އާރިފު (އާއްޓޭ) ވެސް ހިމެނެއެވެ.
މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެއާއި ހުޅުމާލެ އަދި ތިލަފުށި ހިމެނޭ ގޮތަށް 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ ވައްކަން ހިނގި ގޮތް ވެސް ބުނެފަ އެވެ. އެއީ ދެ ކޮންޓެއިނަރު ވަގަށް ނެގުމަށް ފަހު، ސީދާ އެ ދެ ކޮންޓެއިނަރާ ވައްތަރުކޮށް ހަދައިފައި ހުރި ދެ ކޮންޓެއިނަރެއް ބަނދަރުގައި ބެހެއްޓީ ކަމަށް ފުލުހުން ބުންޏެވެ. އަދި ބަނދަރުގައި ހުރި ކޮންޓެއިނަރުތައް، އަނެއް ދެ ކޮންޓެއިނަރު ދޯންޏަށް އަރުވައިގެން ގެންދިޔަ އެވެ.
މި މައްސަލާގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށް، ތިން މުވައްޒަފަކު ހައްޔަރުކޮށްފައި ވެއެވެ.
