Sunday, 15 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިންނަވަރަށް ލިލީ ވަރަށް ގަދަ، ގަޑިއިރެއް ތެރޭ ދެ ޝޯ ފުލް

ހިންނަވަރަށް ލިލީ ވަރަށް ގަދަ، ގަޑިއިރެއް ތެރޭ ދެ ޝޯ ފުލް
މިމަހު 2 ވަނަ ދުވަހު ޕްރިމިއާ ރަން ހަމަޖެހިފައިވާ ފިލްމު ލިލީގެ ހިންނަވަރު ފުރަތަމަ ދެ ޝޯގެ ޓިކެޓް، ވިއްކަން ފެށިތާ ގަޑިއިރެއް ތެރޭ ހުސްވެއްޖެއެވެ. ލިލީ ފިލްމުގެ ޝޫޓިން ނަގައިފައި ވަނީ ހިންނަވަރުގައެވެ. މި ފިލްމުގައި ހިންނަވަރުގެ ކާސްޓުން ހިމެނެއެވެ. މި ރަށުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ 28 ނޮވެންބަރުގައެވެ. މި ޝޯއަށް އިއްޔެ ހުޅުވާލިތާ ގަޑިއިރެއްގެ ތެރޭގައި ޝޯގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. އަދި އިތުރު ޝޯއެއް 29ގައި އެޅުވުމަށް ހުޅުވާލިތާ ގަޑިއިރެއްގެ ތެރޭގައި އެ ޝޯ ވެސް ވަނީ ވިކި ހުސްވެފައެވެ. ލިލީ ޓީމުން ބުނީ ހިންނަވަރުގައި ރެޑް ކާޕެޓެއް ބާއްވަން ރާވަމުންދާ ކަމަށެވެ. އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ފިލްމު އެޅުވުމަށް ލިލީ ޓީމުން ދަނީ ތައްޔާރުވަމުންނެވެ. މާލޭގެ ޝޯތަކަށް ބަލާއިރު ލިލީގެ ފުރަތަމަ ތިން ޝޯގެ ބުކިންއަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެމީހުންގެ ހޮޓްލައިން 7505079އަށް ވައިބާ ކޮށްގެން ނުވަތަ book.lilythemovie.com އިން ވެސް ޓިކެޓު ބުކް ކުރެވޭނެއެވެ. ފުރަތަމަ ޝޯގެ ޓިކެޓްތައް ވަނީ ވިކި ހުސްވެފައެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ޝޯއަށް ވެސް ވަނީ ހުޅުވާލާފައެވެ.
އަޒްހާން އިބްރާހިމް ޑައިރެކްޓު ކުރާ “ލިލީއަކީ ކްރިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ޅ. ހިންނަވަރުގެ އިތުރުން މި ފިލްމްގެ ޝޫޓިންތައް ލ. އަތޮޅުގައި ވެސް ނަގައިފައި ވެއެވެ. ފިލްމުގެ މަންޒަރުތައް ނަގައިދީފައި ވަނީ ސަމާހު އިބްރާހިމްއެވެ. ފިލްމުގެ މަންޒަރުތައް ވަރަށް ހިތްގައިމެވެ. މިއީ ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން މުހައްމަދު އަރީޙް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.