ޚަބަރު

ކުޑަހުވަދޫން 224 ބަނގުރާފުޅި ނައްތާލައިފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ އިދާރާ

ދ. ކުޑަހުވަދޫން 224 ބަނގުރާފުޅި ނައްތާލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ނައްތާލެވުނު ބަނގުރަލުގެ ތެރޭގައި 224 ބަނގުރާފުޅީގެ އިތުރުން 260 ބަނގުރާދަޅު ނައްތާލެވުނު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 15އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދ. އަތޮޅު އެއަރޕޯޓުން އެކި ޤައުމުތަކަށް ފުރުމަށްދިޔަ ފަތުރުވެރިންގެ އަތުން އެވިއޭޝަން ސެކިއުރިޓީ ހިފައްޓައި، ފުލުހުންނާއި ހަވާލުކުރެވިފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ބެނެވޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރަނީ އެކަމަށް ހެދިފައިވާ ޤަވައިދުތަކުގެ ދަށުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

 

Ads by Ooredoo