ޚަބަރު

ބީލަމަށް ނުލައި މަޝްރޫއުތައް ބަހާލި ކަމަށްބުނެ އެމްޑީޕީން ކޯޓަށް ދަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ:އެމްޑީޕީ

ގައުމީ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ބީލަމަކާ ނުލައި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ތަރައްގީގެ 206 މަޝްރޫއެއް 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހިންގާ މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި މި މައްސަލާގައި ކޯޓަށް ދިޔުމަށާއި މިކަމާއި ގުޅިގެން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އަމަލުކުރާނެ ގޮތްތައް ހިމެނޭ ގަރާރެއް ހުށަހެޅުއްވާފައި ވަނީ ހޯރަފުށީ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމެވެ.

އެ ގަރާރުގައި ސަލީމް ފާހަގަކުރައްވާފައި ވަނީ، ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ނުލައި ދެވޭނެހެން މާލިއްތު ގާނޫނަށް ގެނައި ބަދަލު، މާލިއްޔަތު ގާނޫނާއި ހިލާފު ކަމަށެވެ.

އަދި، މި މަޝްރޫއުތައް އިއުލާނު ނުކުރުމާއި އެ މަސައްކަތް ހަވާލުކުރި ސަރުކާރާއި ސަރުކާރުގެ ވެރިންނާއި ގުޅުންހުރި ކުންފުނިތައް ފިޔަވައި އެހެން ބަޔަކަށް ފުރުސަތު ނުދިނުމާއި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކާއި އުވާލުމުގެ މަރުހަލާގައިވަ ކުންފުނިތަކަށް މަޝްރޫއުތައް ދިނުން އެ ގަރާރުގައި ހިމަނާފައިވެ އެވެ.

އެ ގަރާރު ގައުމީ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

Ads by Ooredoo