ޚަބަރު

ފިރިހެން ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މަންމައެއް ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ މައި އިދާރާ

ފިރިހެން ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި މަންމައެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ޢުމުރުން 50 އަަހަރުގެ އަންހެނެއް ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ މާލެ ސަރަހައްދުގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ކުއްޖާއަށް މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުގެ ޙާލަތުގައި ހުރެ ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކަމަށާއި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ އަންހެންމީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި އަންހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހްޤީޤުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!