އެމެރިކާއިން އެމްއެންޑީއެފްއަށް ރިބް، ރިބް ޝެލްޓަރ އަދި ރޭމްޕު ހަދިޔާކޮށްފި
އެމެރިކާ ސަރުކާރުން ދިވެހިރާއްޖޭގެ ދިފާޢީބާރަށް ، ރިބް،ރިބް ޝެލްޓަރ އަދި ރޭމްޕް ހަދިޔާކޮށްފިއެވެ.
މިއަދު ކަލާސީނުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ތަކެތި ގައުމީ ދިފާޢީބާރާ ޙަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. އަދި ދިފާޢީބާރުން އެ ތަކެއްޗާ ޙަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފީސް މޭޖާ ޖެނެެރަލް އިބްރާހީމް ހިލްމީއެވެ.
އެ ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް)އާއި ބިލްޑިންގ ޕާޓްނާޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދިން ގްރާންޓް އެހީއެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އެމެރިކާއިން ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކޮށް ދިވެހި ސިފައިންގެ ކެޕޭސިޓީ ބިލްޑްކޮށް، ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
