ޚަބަރު

ކާށިދޫ ނެރު މައްޗަށް ބޯޓެއް އަރައި މީހަކު ގެއްލިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކ. ކާށިދޫ ނެރު މައްޗަށް ބޯޓެއް އަރައި، މޫދަށް ފުންމާލި މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ޤައުމީ ދިފާއީބާރުން ބުނެފިއެވެ.

Ads by STELCO

މި ބޯޓަކީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެއްކަމަށް ދިފާއީބާރުން ބުނެފައިވެއެވެ. އަދި މި ބޯޓު ކާށިދޫގެ ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުންދާ ކަމަށް ސިފައިން މަޢުލޫމާތުދެއެވެ. މި ބޯޓުން 11 މީހުން ދަތުރުކުރިކަމަށާއި  އޭގެ ތެރެއިން 10 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މީހާގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Ads by HDC