ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ ޚިދުމަތް

ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު އަލަމިން މިއާ (36އ)، ޕާސްޕޯޓް ނަންބަރު: EJ0937852 ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099އަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ޢާންމު ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!