ޚަބަރު

ޗައިނާއިން ރާއްޖެއަށް 3 ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރާއްޖެ އައި ޓޫރިސްޓުންތަކެއް މާލޭގައި / ފޮޓޯ:ދެން އިމޭޖްސް

މި އަހަރުގެ މިހައިތަނަށް ޗައިނާއިން ރާއްޖެއަށް 300،000އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނަންބަރުތަކުން ދައްކައިފިއެވެ.

Ads by STELCO

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 300،352 ޗައިނާ ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުތެރޭގައި ޗައިނާއިން ރާއްޖެއަށް އައިސްފައި ވަނީ 263،042 ޓޫރިސްޓުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގައުމުން 239،004 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ޔޫކޭ އިން 168،597 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ 15% ހިއްސާ ކުރަނީ ޗައިނާ ޓޫރިސްޓުންނެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވާ 1.7 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.8 ޕަސެންޓްގެ އިތުރުވުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!