ޚަބަރު

މަސްކެނޑުގެ މުބާރާތެއް ބާއްވަނީ، ބައިވެރިވާން މިހާރު އޮތީ ހުޅުވާލައިފައި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީހަކު މަސް ކަނޑަނީ--

މަސްވެރިންގެ ދުވަހާ ގުޅިގެން މަސްކެނޑުގެ މުބާރާތެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

Ads by MPL

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސްކެނޑުމުގެ މުބާރާތް ބާއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ރ. ދުވާފަރުގައި ކަމަށެވެ.

ދެ ޖިންސްގެ މީހުންނަށް ވެސް ބައިވެރިވެވޭ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 14:00އާ ހަމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން  ގޫގަލް ފޯމެއް ފުރިހަމަކުރުމުން ބައިވެރިވެވޭނެ އެވެ.

މި މުބާރާތުގެ މަގުސަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މަސްކެނޑުމަކީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގާދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

Ads by HDC