ސަލާމަތީ ސަބަބުތަކަށްޓަކައި ބުނެ ޕީއެންްއެފްއިން މިރޭ ބާއްވަން އޮތް ޖަލްސާ ފަސްކޮށްފި
ސަލާމަތީ ސަބަބުތަކަށްޓަކައި ބުނެ ޕީއެންްއެފްއިން މިރޭ ބާއްވަން އޮތް ޖަލްސާ ފަސްކޮށްފި އެވެ.
ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެލައްވާ ހައްސާ ޖަލްސާއެއް މިރޭ ބާއްވަން ނިންމިކަން އެ ޕާޓީން އިއުލާންކުރީ މިއަދު ހެނދުނު 11:30 ވާން އުޅެނިކޮށެވެ. އެއީ މިރޭ 08:45 އަށެވެ.
އެހެން ނަމަވެސް މިއަދު ހަވީރުވާން އުޅެނިކޮށް ޕީއެންއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މިރޭ ބާއްވަން ރާވައިފައިވާ ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އާދިއްތަ ދުވަހުގެ ރެއަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ތަފްސީލެއް ޕީއެންއެފްއިން ނުދެއެވެ.
ޕީއެންއެފްގެ ޖަލްސާ ފަސްކުރި އިރު ރޭ ވެސް އެ ޕާޓީން ޖަލްސާއެއް ބޭއްވި އެވެ.
ޕީއެންއެފްގެ ޖަލްސާ ފަސްކުރި އިރު ޕީއެންސީ ސަރުކާރުގެ ވެރިކަމަށް ދެ އަހަރު ފުރޭތީ ހާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަން މިހާރު ދަނީ ތައްޔާރުވަމުން ނެވެ. އަދި އެ ޖަލްސާއެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މިހާރު ދަނީ މާލެ އަންނަމުން ނެވެ.

