ޚަބަރު

އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަންހެނަކު ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ --

މާލޭގެ ގެއެއްގައި 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.

Ads by STELCO

މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސި 18:11 ހާއިރު މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލަ ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހ. ފޯސީޒަން، އަހުމަދު އާހިލް މުނާޒް 19، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.