ސީޕީ ނަވީންއާ އެކު އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދޭން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެކު އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން ނަވީންއާ އެކު ފުލުހުންގެ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާ ދޭން ނިންމީ މިއަދު މާލިއްޔަތު ކޮމިޓީން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ.
ނަމަވެސް ސަސްޕެންޑްކުރަން ލަފާ ދޭން ނިންމީ ކިތައް އޮފިސަރުންނެއް ކަމެއް ސާފެއް ނުވެއެވެ.
ސަސްޕެންޑްކުރަން ނިންމި ފަރާތްތަކަށް ތުހުމަތުކުރަނީ ފުލުހުންގެ ޕްރޮފެޝަނަލް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރި ކަމަށެވެ.
ނަވީން ސަސްޕެންޑްކުރަން ނިންމި އިރު ފުލުހުންގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

