ޚަބަރު

މެޑިކަލް ވޭސްޓު ނައްތައިލަން ހާއްސަ ފެސިލިޓީއެއް ދިއްފުށީގައި ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދިއްފުށީގައި ހުޅުވި މެޑިކަލް ވޭސްޓު ފެސިލިޓީ--

މެޑިކަލް ވޭސްޓު ރައްކާތެރި ގޮތުގައި ނައްތައިލަން ހާއްސަ ފެސިލިޓީއެއް ކ. ދިއްފުށީގައި މިއަދު ހުޅުވައިފިއެވެ.

މިއީ ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީއާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ "ދަ ޕްރޮޖެކްޓް ފޯ ދަ އިމްޕްރޫވްމަންޓް އޮފް އިންފެކްޝިއަސް ވޭސްޓު މެނޭޖުމަންޓް އިން ސައުތު އީސްޓު އޭޝިއާ" މަޝްރޫއުގެ ދަށުން ދަށުން ދިއްފުށީގައި ބިނާކުރި ފެސިލިޓީއެކެވެ.

އެ ފެސިލިޓީ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާއި ޖަޕާން އެމްބަސީ އަދި ޔޫއެންޑީޕީގެ އިސް ބޭފުޅުން ބައިވެރިވެލެއްވ އެވެ.

އެ ފެސިލިޓީ މިއަދު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކްލީން އެނާޖީ ވެހިކަލްސްއާއި އެހެނިހެން މުހިންމު އިކުއިޕްމަންޓްވެސް ވަނީ ހަވާލުކޮށްފައެވެ.

ޔޫއެންޑީޕީން ބުނީ ޒަމާނުއްސުރެ ޖަރާސީމު އެކުލެވޭ މެޑިކަލް ވޭސްޓު ރާއްޖޭގައި މެނޭޖުކުރަމުން ދިޔައީ ވަރަށް މަދު ވަސީލަތްތަކާ އެކު ކަމަށެވެ. އަދި އެކަމުގައި ގިނައިން އުޅެމުން ދިޔައީ އަންހެނުންކަން ވެސް ފާހަގަކުރި އެވެ.

އެހެން ނަމަވެސް މިހާރު ރާއްޖޭގައި ހުޅުވަމުންދާ މެޑިކަލް ވޭސްޓު ފެސިލިޓީތަކާ އެކު އެކަން ބަދަލުވަމުންދާ ކަމަށް ވެސް ޔޫއެންޑީޕީން ބުންޏެވެ. މީގެ ކުރިން އެހެން ރަށްރަށުގައި ވެސް މެޑިކަލް ވޭސްޓް ފެސިލިޓީތައް ވަނީ ހުޅުވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!