ޚަބަރު

ގަވާއިދާ ހިލާފަށް ހިނގަމުން ދިޔަ 11 ވިޔަފާރިއެއް ބަންދުކޮށްފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވައިލައިއިވާއިރު މިހައިތަނަށް ގަވާއިދާ ހިލާފަށް ހިންގާ 125 ވިޔަފާރިއެއްގެ ރިޕޯޓު ލިބިފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by MPL

މިގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، ދެ ގަރާޖު އަދި އެއް ގެސްޓްހައުސް ހިމެނޭހެން 35 ތަނެއް އިންސްޕެކްޓް ކުރެވި، 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ޓަކަައި، އެ ވުޒާރާއިން ގައުމީ ފެންވަރުގައި އެކުލަވައިލައިފައިވާ ނޭޝަނަލް ޓާސްކްފޯސްއިން އަންނަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ރިޕޯޓްކުރުމަށް 27 ނޮވެމްބަރ 2025ގައި ވުޒާރާއިން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށް އިގްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ވިޔަފާރި ބަންދުކުރުމަށް ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި، ވިޔަފާރީގެ ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭކަމަށާއި މީގެ އިތުރުން، ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާ އެކު ދަނީ މަސައްކަތް ކުރަމުންކަމަށް ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން ރޭގަނޑު 8:00އާ ދެމެދު 3333199އަށް ގުޅުއްވައިގެން ނުވަތަ ވުޒާރާގެ ވެބްސައިޓް trade.gov.mv މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓުކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!