ޚަބަރު

ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި 

ނުޙާ އަޙްމަދު ، ދެން އޮންލައިން

ހުޅުމާލޭގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Ads by STELCO

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި 1.1 ކިލޯ މީޓަރުގެ މަގު 6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަން ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

މިމަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރުއެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވީޑޮންގއެވެ.

ޗައިނާ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ފޭސް 1ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްގީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްގީކުރުމަށެވެ.

މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތާރުގަނޑު ހަލާކުވެފައި ހުރި މަގުތަކެވެ. އޭގެ ތެރޭގައި ހުޅުމާލެ 1 ގައި ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގެ ތެރެއިން ތާރުގަނޑު ހަލާކުވެފައިވާ މަގުތައް ހިމަނާފައިވެއެވެ.

އެޕޯލޯ ޓަވަރު، ފިތުރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސް ހިމެނޭ ސަރަހައްދުގެ މަގުތަކާއި ވަން ސެންޓްރަލް ކުރިމަތިން އޮންނަ މަގާއި ގޯޅި އާއި ޓްރީ ޓޮޕް ޕާކް ކައިރި އާއި ދަ ގާޑެންސް ރެސިޑެންސް ކައިރި ވެސް ހިމެނެއެވެ.

މަސައްކަތް ކުރިއަށް ގެންދަން ރާވާފައި ވަނީ ހުޅުމާލެ 1އިން ފަށައި، ހުޅުމާލެ 2އަށް ނިންމާ ގޮތަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!