Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ސުއޫދު ދެކޮޅު

ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ސުއޫދު ދެކޮޅު

ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއްސުއޫދު ހާމަކުރައްވައިފިއެވެ.

ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފައިވަނިކޮށް އެ ބިލު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފައެވެ.

އެ ބިލު ތަސްދީގުކުރުމުގެ ކުރިން ސުއޫދު އެކްސްގައި ވިދާޅުވީ މިއީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރިން ގެންގުޅެމުން އައި ޕޮލިސީތަކާ މުޅިން ތަފާތު ޕޮލިސީއެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެހެން ނަމަވެސް މިއީ ރަނގަޅު ސިޔާސަތެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ހާމަކޮށް ސުއޫދު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ ވެސް ނުރައްކާތެރި މުސީބާތެއް ފަދަ މައްސަލައެއް ކަމަށެވެ.

https://twitter.com/husnusuood/status/1996459987217080528

މަރުގެ އަދަބު ދިނުމާ ދެކޮޅުކަން ހާމަ ކުރެއްވި ނަމަވެސް އޭގެ ސަބަބެއް ސުއޫދު އެކްސްގައި ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ސަރުކާރުގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސުއޫދު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ޖޭއެސްސީން އޭނާގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް މިދިޔަ މާޗު މަހުއެވެ.

ސަރުކާރުން ބިރު ދައްކަމުންދާކަމަށް ބުނެ އިސްތިއުފާ ދެއްވި ފަހުން ވެސް ސުއޫދު ސަރުކާރުގެ އެކި ސިޔާސަތުތަކަށް ދަނީ ފާޑުވިދާޅުވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް