Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

ދިވެހި ޤައުމީ އެއަރލައިނުން ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، މިހާރު މަޑިވަރަށް ކުރަނީ ހަފްތާއަކު 2 ދަތުރު ކަމަށެވެ. ނަމަވެސް މި ޑިސެންބަރު މަހުގެ 22ވަނަ ދުވަހުން ފެށިގެން މަޑިވަރަށް، ހަފްތާއަކު 3 ދަތުރު ކުރުމަށް ނިންމައިފައިވާ ކަމަށާއި ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ، ބުދަ އަދި ހޮނިހިރު، މި 3 ދުވަހު ދަތުރުތައް އޮންނާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މަޑިވަރަށް އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/MaldivianAero/status/1997988947990130808

ޤައުމީ އެއަރލައިނުން އަބަދުވެސް ޗުއްޓީތަކާ ދިމާކޮށް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް އިތުރު ކުރެއެވެ. އަދި ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ހެޔޮކޮށް، ފެއަރތަކުން ޓިކެޓް ލިބުމުގެ ފުރުސަތުތައް ވެސް ހުޅުވައިލައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް