Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެޗްޑީސީއާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެޗްޑީސީއާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ތިމާވެށި ރައްކާތެރިކުރުމާއި، ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް، މި ކޯޕަރޭޝަނާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، މި ކޯޕަރޭޝަނާއި ސީޑްސް ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމާއި، އިޖްތިމާއީ އަދި ތައުލީމީ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ހަމައެއާ އެކު، މި ކޯޕަރޭޝަނުން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު އޭރިއާއާއި ކުޑަގިރި 'ދޫނިޔާ ޑައިވް ރެކް' ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތަށް ސީޑްސްގެ ފަރާތުން އެހީތެރިކަން ފޯރުދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

Advertisement
Ooredoo — Square (box)

އޭގެ ތެރޭގައި ވޮލެންޓިއަރުން ބައިވެރިކުރުމާއި، ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ އެކި ހަރަކާތްތައް އެ ދެ ސަރަހައްދުގައި ކުރިއަށްގެންދިއުން ހިމެނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް، ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް