ޚަބަރު

ސިޓީތަކުގައި އަންހެނުންނަށް ހާއްސަކުރާ ދާއިރާ ގޮނޑިތައް އިއުލާންކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ތެރެއިން -

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކުރާ ދާއިރާ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

Ads by STELCO

ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ހުޅުމާލެ އުތުރު ދާއިރާ
  2. ހެންވޭރު އުތުރު ދާއިރާ
  3. ގަލޮޅު އުތުރު ދާއިރާ
  4. މައްޗަންގޮޅި މެދު ދާއިރާ
  5. މާފަންނު މެދު ދާއިރާ
  6. ހެންވޭރު ދެކުނު ދާއިރާ

އައްޑޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ހިތަދޫ މާމެންދޫ ދާއިރާ
  2. ހިތަދޫ ބޭރުމަތި ދާއިރާ
  3. މަރަދޫ ދާއިރާ
  4. ފޭދޫ މަގުއްދޫ ދާއިރާ

ގދ. ތިނަދޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ތިނަދޫ އިރު އުތުރު ދާއިރާ
  2. ތިނަދޫ ހުޅަނގު ދެކުނު ދާއިރާ

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ކުޅުދުއްފުށި މެދު އުތުރު ދާއިރާ
  2. ކުޅުދުއްފުށި އިރު ދެކުނު ދައިރާ

ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ދަޑިމަގު ދާއިރާ
  2. މާލެގަން ދާއިރާ
  3. ދޫނޑިގަން ދާއިރާ

ރަށަކަށް ނުވަތަ ރަށްތަކަކަށް ސިޓީއެއްގެ ދަރަޖަ ދެނީ ބައެއް ހިދުމަތްތައް ފުރިހަމަވެފައި އެ ސަރަހައްދެއްގެ ރަޖިސްޓަރީ އާބާދީ 10,000 މީހުންނަށް އަރާ ނަމައެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ފަސް ސިޓީ ކައުންސިލް އިންތިހާބުކުރާނެއެވެ. އެއީ މާލެ، އައްޑޫ، ގދ. ތިނަދޫ، ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!