ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ސޮބާހު އައްޔަންކޮށްފި
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އަހުމަދު ސޮބާހު މިއަދު އައްޔަންކޮށްފިއެވެ.
ސޮބާހު އެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައި ކަރެކްޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޮބާހުއާ އެކު ކަރެކްޝަންސްގެ ހިދުމަތް އާ އުސްމިނަކަށް ގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ.
ސޮބާހު ވަނީ ކަރެކްޝަންސްގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ސޮބާހު އައްޔަން ކުރުމުގެ ކުރީން އެ މަގާމުގައި ހުންނެވީ އިބްރާހިމް މުހައްމަދު ދީދީއެވެ. އޭނާ އެ މަގާމުން ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހު އެވެ.

